ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ބިމުގައި ހުރި ރުއްގަސްތައް ނީލަންކިޔުމާއި ގުޅޭ(ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން)
މިރަށުގައި ސްޕޯޓްސް އެރީނާއެއް އެޅުމަށް ބޮޑުތަކުރުފާނުމަގުގެ އިރުމަތީފަޅިން، ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްގަސްތައް އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުމަށް 14 ނޮވެމްބަރ 2019 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2019/61 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށްއެދި އަންދާސީހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ސްޕޯޓްސް އެރީނާ އަޅާ ބިމުގައިހުރި ރުއްގަސް ނަގައިގެން އިންދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ރުއްގަސް ގަންނާނެއަގާއި، އެމަސައްކަތް ކުރުމަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ށް މިކައުންސިލްގެ އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- 60 ޕޮއިންޓް އަގަށް (ހުށަހެޅި އަގު/ ހުށަހެޅޭ އެންމެ ބޮޑު އަގު × 60)
- 20 ޕޮއިންޓް މުއްދަތަށް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20)
- 20 ޕޮއިންޓް ހިލޭ ބިންސާފުކުރުމާއި، ރުއްގަސްނަގާ ވަޅުގަނޑުތަކަށް ވެލިއެޅުން (ހުށަހަޅާ ލިޔުންތަކަށް ބަލާފައި 20)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އެނގޭނޭ ގޮތަށެވެ.
މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.