މަސައްކަތް
ނަންބަރު: GS32/IUL/2019/18
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 23 ޑިސެންބަރު 2019 10:00
އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަދަރުސާގެ އިމާރާތްތަކުގެ ކުލަ / ދަވާދު ކަހާ އަލުން އާކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މަދަރުސާގެ އިމާރާތްތަކުގެ ކުލަ / ދަވާދު ކަހާ އަލުން އާކުރުމަށް ބޭނުންވެއްޖެ

  1. މަދަރުސާގެ އިމާރާތްތަކުގެ ކުލަ / ދަވާދު ކަހާ އަލުން އާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި މަސައްކަތުގެ ތަފްސީލު ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 12 އިން 2019 ޑިސެމްބަރު 19އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00އަށް މި މަދަރުސާގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 17 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2019 ޑިސެމްބަރ 18 ވަނަ ދުވަހުގެ 10:00ގައި އއ. އަތޮޅުމަދަރުސާގެ އިދާރާގައި އޮންނާނެއެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 23 ވަނަ ދުވަހުގެ 10:00 ގައި އއ. އަތޮޅު މަދަރުސާގެ  ކޮމްޕިއުޓަރ ލެބް ގައެވެ.
  6. މިމަސައްކަތަށް ބިޑް ސެކިއުރިޓީ ހުށައަޅާކަށް ނުޖެހެ އެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     އއ. އަތޮޅު މަދަރުސާގެ އިދާރާ

     އއ. އަތޮޅު މަދަރުސާ

     އަހުމަދީ މަގު، އއ. ފެރިދޫ، ދިވެހިރާއްޖެ.

     ފޯން: 6660023 ، 7996361

     އީ-މެއިލް: [email protected]

 

14 ރަބީޢުލްއާޚިރް 1441

11 ޑިސެމްބަރު 2019

11 ޑިސެންބަރު 2019