މަސައްކަތް
ނަންބަރު: H-2019/167
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 06 ޖަނަވަރީ 2020 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގޭގެ އައު އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                     

                                                                 ނަންބަރު: H-2019-167

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ވ.ތިނަދޫ  އިންޖީނުގޭގެ އައު އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ޑިސެމްބަރ 12 އިން ފެށިގެން 25 ޑިސެމްބަރު 2019 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރު 15:00 އާދެމެދު -/1000 (އެއްހާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. އަދި 2020 ޖަނަވަރީ 06 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 100 (ސަތޭކަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 (ވިހި) ދުވަސް އިތުރުވާންވާނެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ 06 ވާ (އާދިއްތަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުށްވުން ޢެދެމެވެ. 

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2019 ޑިސެމްބަރު 12 އިން 2019 ޑިސެމްބަރު 25

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2019 ޑިސެމްބަރު 15 އިން 2019 ޑިސެމްބަރު 25

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2019 ޑިސެމްބަރ 26 (ބުރާސްފަތި)

11:00 ގައި

އަގު ހުށަހެޅުން

2019 ޖަނަވަރީ 06 (އާދިއްތަ)

11:00 ގައި

 

                                      14 ރަބީޢުލްއާޙިރު 1441

                                      11 ޑިސެމްބަރު 2019

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ. 
11 ޑިސެންބަރު 2019