މަސައްކަތް
ނަންބަރު: (IUL)170-PR/170/2019/115
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 16 ޑިސެންބަރު 2019 11:30
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭނުންވާ ގްރެޖުއޭޝަން ގައުން ފަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު : IUL)170-PR/170/2019/107)  އަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭނުންވާ ގްރެޖުއޭޝަން ގައުން ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޑިސެންބަރ 16 ވާ ހޯމަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޑިސެންބަރ 22 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2019 ޑިސެންބަރ 16 ވާ ހޯމަ 11:30 އިން ފެށިގެން 2019 ޑިސެންބަރ 22 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.                                                             

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު : 3022120 / 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

11 ޑިސެންބަރު 2019