ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2019/48
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 18 ޑިސެންބަރު 2019 10:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ބިމުގައި ( ތުނޑި ކިޔާ ގޯއްޗާއި ޤަބުރުސްތާނުމަގާއި ދެމެދު ދޯދި ކިޔާ ގޯއްޗާއި އެއްއިންކޮށް އޯކިޑްމަގާއި ޤަބުރުސްތާނު މަގުގެ ކަންމައްޗަށް އޮތް ބިން) ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ. މިހެންކަމުން މިސަރަޙައްދުގައިވާ ރުއްގަހުގެ ވެރިއަކު ހުރިނަމަ ލަސްނުކުރައްވާ އެތަނުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްކަން އަންގައިދޭ ލިޔެކިޔުން (ރުއްގަހުގެ މިލްކު ސާބިތު ކުރި ފަތް) ހުށަހެޅުމަށް  ދަންނަވަމެވެ. 

ވީމާ، މި ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިއަކު ހުރިނަމަ  މިލްކު ސާބިތުކުރި ފަތުގެ އަޞްލާއިއެކު         18 ޑިސެމްބަރ  2019 ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ނައިބުރައީސް މުޙައްމަދު މުޞްޠަފާ       (މޮބައިލް ނަންބަރު: 7367109 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

11 ޑިސެންބަރު 2019