ދިވެހިރާއްޖެ
ނަންބަރު: (IUL)300-EC/300/2019/29
އިޢުލާން |
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލް އިދާރާގައި 2020 ވަނަ އަހަރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މައުލޫމާތު ސާފުކުރުމަށް މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް މި އިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
އަގު: މާރކްސް
ބޭނުންކުރާ މުވައްޒަފުންގެ އަދަދު: މާރކްސް
ތަޖްރިބާ: މާރކްސް
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ރަބީޢުލްއާހިރު 1441
11 ޑިސެމްބަރ 2019