ވަޒީފާގެ ފުރުޞަތު
ނަންބަރު: GS206/IUl/2019/040
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 23 ޑިސެންބަރު 2019 14:00
ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ބޭނުންވެއްޖެ

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

 

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ

J-248995

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ

މުސާރަ

-/4465ރ.

ސާރވިސް އެލަވަންސް

-/1500ރ.

ސަޕޯޓިންގ ކޯ އެލަވަންސް

-/700ރ.

 

 

އިތުރު ޢިނާޔަތްތައް:

1.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

  1. 1.     މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. މަދަރުސާ އަށް ބަލައިގަންނަ ސިޓީ، މެސެޖް، އަދި އެހެނިހެން ތަކެތި އެންޓްރީކޮށް ފައިލް ކުރުން.

2. މަދަރުސާގެ ޔައުމިއްޔާ ލިޔުން.

3. މުވައްޒަފުންގެ ހާޒިރީ ބަލަހައްޓައި އަޕްޑޭޓް ކުރުން.

4. މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރު ކުރުން.

5. ސޮޓޮކް ބަލަހައްޓައި މެނޭޖް ކުރުން.

6. މަސައްކަތު މުވައްޒަފުންގެ މަސައްކަތައް ބޭނުންވާ ސާމާނު ހޯދައި މަސައްކަތްތައް ރަނގަޅަށް ދޭތޯ ބެލުން.

7. މުދައްރިސުން ކިޔަވައި ދިނުމަށް ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށް ދިނުން.

8. އަދި މިނޫންވެސް ސްކޫލުން ބޭނުންވެގެން އެދޭ ކަންކަމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

* ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

* މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

* މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. * ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  މި އިދާރާގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. * ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. * ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. * ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. * ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. * ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  1. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ވާދޫ ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އިން އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ވާދޫ ޖަމާލުއްދީން ސްކޫލުގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 7983084 އަށެވެ. އީމެއިލް ކުރާނީ މި ސްކޫލް އީމެއިލް [email protected] އަށެވެ.

11 ޑިސެންބަރު 2019