ދިވެހިރާއްޖެ
މިސްކޫލުގެ ބައެއް މަރާމާތްތައް ކުރުމަށް ކުރެވުނު އިޢުލާން GS204/NS/IUL/2019/14 އަށް މަޢުލޫމާތު ސާފުކުރުމަށް 3 ފަރާތް ހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެ.
1 . ސްކޫލް ގޭޓާވީ ފަރާތު ފާރު އުސްކޮށް ސިމެންތި ޖެހުން.
2 . ސްޓާފްރޫމަށް 2 ފާޚާނާ އިތުރުކުރުން .
ވީމާ، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުޞޫލުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ދިނުން |
އަންދާސީ ހިސާބު ބަލައިގަތުން |
ތާރީޙް: 17 ޑިސެމްބަރ 2019 |
ތާރީޙް: 25 ޑިސެމްބަރ 2019 |
ގަޑި: 10:30 |
ގަޑި 10:30 |
ތަން: ނަޑެއްލާ ސްކޫލް |
ތަން: ނަޑެއްލާ ސްކޫލް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތަކުން ހުށަހަޅުއްވާ ބީލަމާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.