ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2019/115
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 15 ޑިސެންބަރު 2019 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކުގެ އަދަދު ދެނެގަތުމާއިގުޅޭ

އިޢުލާން

އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކުގެ އަދަދު ދެނެގަތުމާއިގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން މިހާރު ހިންގުމަށް ކަނޑައަޅުއްވާފައިވާ 20،000 (ވިހިހާސް) ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ރ. އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 1500 (އެއްހާސް ފަސްސަތޭކަ) ހައުސިންގ ޔުނިޓު އާބާދީއާއި ގްރޯތް އަދި އިޖްތިމާޢީ، އިޤްތިޞާދީ ކަންކަން ހުރިގޮތުގެ މައްޗަށް ބަލައި އަތޮޅުގެ ރަށްތަކަށް ހައުސިންގ ޔުނިޓުތައް ބަހާލުމުން މިރަށުގައި 84 (އަށްޑިހަ ހަތަރެއް) ހައުސިންގ ޔުނިޓް އެޅުމަށްވަނީ ކަނޑައެޅިފައެވެ. މީގެތެރޭގައި ހައުސިންގ ޔުނިޓު އެޅުމަށް އެދޭ ފަރާތްތަކުގެ އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ވުމާއެކު، ރ. މާކުރަތުގައި އެޅުމަށް ހަމަޖެހިފައިވާ 84 (އަށްޑިހަ ހަތަރެއް) ހައުސިންގ ޔުނިޓް އަޅާނެ ގޮތެއް ކަނޑައެޅުމަށްޓަކައި އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ ޢަދަދު ދެނެގަތުމަށް ބޭނުން ވެއެވެ. އަދި މިމަޢުލޫމާތު 15 ޑިސެމްބަރ 2019 ވާ އާދިއްތަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ފޮނުވަންޖެހޭ ވާހަކަ ދަންނަވަމެވެ.

ވީމާ، އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިކައުންސިލުގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އިދާރާގެ ނަންބަރު 4009830، 4009835 ފޯނަށް ގުޅުއްވާ ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ނަން ނޯޓު ކުރެއްވޭނީ އެގޯއްޗެއްގެ ވެރިފަރާތަށް ކަމުގައިވެސް ދެންނެވީމެވެ.

ރ. މާކުރަތުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކުރިމަތިލުމަށްޓަކައި ފަހުގެ ތާރީޚެއްގައި ފުރުޞަތު ހުޅުވާލެވޭނެ ވާހަކަ މިފުރުޞަތުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓު އެޅުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން މިކައުންސިލަށް ފޯރުކޮށްދީފައިވާ މަޢުލޫމާތު ކައުންސިލާއި ގުޅުއްވުމުން ނުވަތަ ވަޑައިގަތުމުން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ރަބީޢުލްއާޚިރް 1441

11 ޑިސެންބަރު 2019