ދިވެހިރާއްޖެ
އިއުލާން |
ނަންބަރ: (IUL)GS-01/2019/50 |
ތާރީހް: 11 ޑިސެމްބަރ 2019 |
މިސްކޫލުން ދޭ ކުރެހުމަކާ އެއްގޮތަށް ކެންޓީނެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު 10:00 އަށް
ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6608308 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ
ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ