ދިވެހިރާއްޖެ
މިސްކިތު އިމާމުން / މުދިމު އަދި މަސައްކަތު މީހުން ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ޙާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން ނުވަތަ މިސްކިތު މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް (2020 ޖެނުއަރީ 1 ން 2020 ޑިސެމްބަރ 31 ށް) ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަޤާމުގެ މުސާރައާއިބެހޭ.
މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (ފަސްދޮޅަސް އެއް ރުފިޔާ)
ރޭންކް GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ (ފަންސާސް ތިން ރުފިޔާ)
ރޭންކް SS1 ގެ މަސައްކަތު މީހެއްނަމަ ގަޑިއިރަކަށް 45.00 ރުފިޔާ (ސާޅީސް ފަސް ރުފިޔާ)
- އެލަވަންސް: ނެތް
އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.