ދިވެހިރާއްޖެ
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖަނަވަރީ ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު ދާއިރާއާގުޅޭ ފެކަލްޓީގެ ކޯޑިނޭޓަރާއި ގުޅުއްވުމުން ނުވަތަ އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ބަލަހައްޓަވާ ދާއިރާގެ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލާ މަރިޔަމް ފިޒާނާ ރަޝީދު (ފޯން: 3345300، އީމެއިލް: [email protected]) އަށެވެ.
މިކޯހަށް އިޢުލާން ކުރުމުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން ކޯހަށް ކުރެވުނު މިޔުނިވަރސިޓީގެ ނަންބަރު MNU-CA-RG/2019/17 އިޢުލާނު ބާތިލުވި ވާހަކަވެސް ދަންނަވަމެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން
ތަޢާރަފް
އެޑިޔުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް އިޚްތިޔާރުކުރެވިދާނެއެވެ.
- އެޑިޔުކޭޝަނަލް ޕްލޭނިންގ Educational Planning
- އެޑިޔުކޭޝަނަލް ލީޑަރޝިޕް Educational Leadership
- އެޑިޔުކޭޝަނަލް ޕޮލިސީ Educational Policy
- އިންސްޓްރަކްޝަނަލް ޑިޒައިން Instructional Design
- ކަރިކިއުލަމް ޑިޒައިން Curriculum Design
- ޕެޑަގޮޖީ Pedagogy
- އީ- ލަރނިންގ E-learning
- އައިސީޓީ އިން އެޑިޔުކޭޝަން ICT in Education
- އިންކުލޫސިވް އެޑިޔުކޭޝަން Inclusive Education
- އެސެސްމަންޓް އެންޑް އިވެލުއޭޝަން Assessment and Evaluation
ކޯހުގެ މުއްދަތު :3 އަހަރު
ކޯހަށް ވަނުމުގެ ޝަރުޠު
- އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
- ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
- ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
- ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރަމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިނގިރޭސި ބަހުގެ ފެންވަރު
IELTS އިން ދަށްވެގެން 6.5 ލިބިފައިވުން.
އިތުރު މަޢުލޫމާތު
- ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.
http://mnu.edu.mv/wp-content/uploads/2016/10/Initial-PhD-Proposal-with-Application.-A-Sample.pdf
- ކޯހަށްވަނުމަށް އެދޭ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެއްވޭނެ އެވެ.
http://mnu.edu.mv/wp-content/uploads/2016/10/Application-Form_Revised-05-04-2018-1.pdf
- ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 8760.00 (އައްހާސް ހަތް ސަތޭކަ ފަސްދޮޅަސް) ރުފިޔާ އެވެ. ފީ ތަކާ ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.
_______________________
11 ޑިސެންބަރު 2019