މަސައްކަތް
ނަންބަރު: (IUL)E-380/2019/41
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި:
18 ޑިސެންބަރު 2019 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކައުންސިލުންދޭ މަޢްލޫމާތާއި،ކުރެހުމާއެއްގޮތަށް ކުރީގެ ރަށުއޮފީސް ހިންގި ގޯތީގައި ހަރުކޮށްފައިހުރި ސައުންޑް ޕޯސްޓް ނަގައި އެޕޯސްޓް ކައުންސިލްގެ އިދާރާގެ ގޯތީގައި ބުޑުއަޅައި ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
އިތުރު މަޢުލޫމާތު
- މިމަސައްކަތަކާގުޅޭ އިތުރު މަޢުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރު 15 ވާ އާދީތަ ދުވަހުގެ 13.00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2019 ޑިސެމްބަރު 18 ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
- ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ހުށަހެޅޭ ބިޑްތައް އިވަލުއޭޓް ކުރުމާއި މާކްސް ދިނުން
- ބިޑްތައް އިވަލުއޭޓް ކުރާނީ ކައުންސިލުން އެކުލަވާފައިވާ އިވަލުއޭޝަން ކޮމެޓީއަކުންނެވެ. އިވަލުއޭޓް ކުރުމަށްފަހު ބިޑް ކާމިޔާބު ކުރި ފަރާތަށް އެންގޭނެއެވެ.
އިވަލުއޭޝަންގައި މާކްސް ދެވޭނީ،
ހުށަހެޅޭ އެންމެ ކުޑަ އަގަށް % 70 (ހަތްދިހަ) މާކްސް ( އަގަށް މާކްސް ދިނުމުގައި ބަލާނީ އެންމެ ކުޑައަގު އެއީ ބެންޗް މާކު ކަމުގައެވެ.)
- މުއްދަތަށް % 20 (ވިހި) މާކްސް ( މުއްދަތުގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަކީ ބެންޗް މާކްސް ކަމުގައި ބަލައިގެންނެވެ.
- މަސައްކަތުގެ ތަޖްރިބާ އަށް % 10 (ދިހައެއް) މާކްސް ( ތަޖްރިބާ މިންކުރުމުގައި ބަލާނީ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުން ދޫކޮއްފައިވާ ކަމާ ގުޅުންހުރި، ލިޔުންތަކެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
12 ރަބީޢުލްއާޚިރު 1441
09 ޑިސެމްބަރު 2019
10 ޑިސެންބަރު 2019