ދިވެހިރާއްޖެ
ހުޅުދެލީސްކޫލް
ދ. ހުޅުދެލި
ދިވެހިރާއްޖެ ނަންބަރު: GS-171/IUL/2019/42
އިޢުލާން
2020 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިސްކޫލްގެ ނަންބަރު: GS-171/IUL/2019/40 (08 ޑިސެމްބަރު 2019) ގެ އިޢުލާންގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2020 ވަނަ އަހަރު މިސްކޫލްގެގޯތި ތެރެއާއި ޢިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި ސްކޫލުން އަންގާ ގޮތެއްގެ މަތިން ސެކިއުރިޓީ ބަލަހައްޓައި ދެވިދާނޭ ފަރާތްތަކުން 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބާއިއެކު ސިޓީ ހުށައެޅުއްވުމަށް އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. މަޤުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.