މަސައްކަތް
ނަންބަރު: GS47/2019/51
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 18 ޑިސެންބަރު 2019 11:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
2020 ވަނަ އަހަރު މޭނާސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

                                                                                                                                             

     2020 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން  ނަމްބަރ: 50 /2019/GS47 އަށް 3 ފަރާތުން ބީލަން ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

     2020 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ޑިސެމްބަރ 2019 އިން 12 ޑިސެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

      މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށައެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ވިޔަފާރިއެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. ބީލަމުގައި ނަން ނޯޓް ނުކުރާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާނަމަ، އަންދާސީ ހިސާބު ހުށައަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

      ވީމާ ކޮންޓްރެކްޓް އުޞޫލުން މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތާރީޚާއި ގަޑި

ތަފްޞީލް

15 ޑިސެމްބަރު 2019 (އާދިއްތަ) 11:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

18 ޑިސެމްބަރު 2019 (ބުދަ) 11:00

އަންދާސީ ހިސާބު ހުށައެޅުން

     

10 ޑިސެމްބަރ 2019

 

10 ޑިސެންބަރު 2019