މަސައްކަތް
ނަންބަރު: (IUL)MUH-01/1/2019/85
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި:
15 ޑިސެންބަރު 2019 10:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ 04 ކްލާސްރޫމްގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ!
މުޙްޔިއްދީން ސްކޫލް Muhyiddin School މާލެ، Male’
ދިވެހިރާއްޖެ Republic of Maldives _____________________________________________________________________________
ތާރީޚް: 10 ޑިސެމްބަރ 2019 ނަންބަރ: (IUL)MUH-01/1/2019/85
އިޢުލާން
|
- މި ސްކޫލްގެ 04 ކްލާސްރޫމްގައި ޓައިލްސް ޖަހައިދޭނޭ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)MUH-01/1/2019/78 އަށް އެސްޓިމޭޓް ހުށައެޅިއިރު ކޮންމެހެން ހުށައަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް މަދުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 10 އިން 2019 ޑިސެމްބަރ 14 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ގުޅައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 18 ވާ ބުދަދުވަހުގެ 10:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 7552792/3390634
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
13 ރަބީޢުލްއާޚިރު 1441
10 ޑިސެމްބަރ 2019
10 ޑިސެންބަރު 2019