ދިވެހިރާއްޖެ
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓް
މ.ކޮޅުފުށި،
ދިވެހިރާއްޖެ.
ނަންބަރ: K7C-A/2019/03
އިޢުލާނު
މ.ކޮޅުފުށީ މެޖިސްޓްރޭޓްކޯޓުގައި ޝަރުޢީ އަގުކޮމެޓީ ދަފުތަރަށް ކުރިމަތިލުމާބެހޭ
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރުމަށް ބޭނުންވާ ޙާލަތްތަކުގައި އަގުކުރުމަށް ބޭނުންވާ ޝަރުޢީ އަގުކޮމެޓީއެއް އެކުލަވާލުމަށްޓަކާ ދަފުތަރެއް ރަޖިސްޓަރީ ކުރުމަށް ބޭނުންވާތީ މިދަފުތަރުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ބޭނުންވަނީ ހިސާބުގެ މަސައްކަތް ރަނގަޅަށް ދަންނަ މަސައްކަތާއި ތަކެތީގެ އަގުތައް އެނގޭ ބޭފުޅުންނެވެ. މަސައްކަތް ކުރަށްވާ ކޮށްމެ ދުވަހަކަށް ބޭފުޅަކަށް -/300(ތިންސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އައިޑީކާޑުގެ ކޮޕީއާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީއާއެކު ސިޓީއަކުން މިކޯޓަށް ހުށަހެޅުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
09 ޑިސެމްބަރ 2019