ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2019/45
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި:
17 ޑިސެންބަރު 2019 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒަމިނަރަކު ހޯދުމަށް
އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ބޭނުންވެއްޖެއެެވެ.
ޝަރުތު :
- ލިޔަންކިޔަން އެގުން
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް A1, AO, B1, B2, BO, C1, C2, CO, C3, C4, DO, E, V1, ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
- ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން. ( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަން ވާނެއެވެ.)
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ދުއްވާކޮންމެ ހަތަރު ފުރޮޅާއި، ތިން ފުރޮޅުލީ އުޅަނދަކަށް -/25ރ (ފަންސަވީސް) ރުފިޔާ އަދި ދެފުރޮޅުލީ އުޅަނދަކަށް -/15 ރ (ފަނަރަ) ރުފިޔާގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 17 ޑިސެމްބަރު 2019 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެވެމެވެ.
09 ޑިސެންބަރު 2019