ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/138/2014/15
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 14:36
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްތަކާ ހަވާލުކުރެވިފައި ނުވާ ދައުލަތުގެ ބިންތަކާބެހޭ
މި މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ ނަންބަރު: 138/2012/39 /IUL)138-AS1 ) ( - އޭޕްރީލް 2012) ގެ އިޢުލާނުގައި ކައުންސިލްތަކާ ހަވާލުކުރެވިފައި ނުވާ ދައުލަތުގެ ބިންތަކާގުޅޭގޮތުން އެފަދަ ކައުންސިލަކުން އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކޮށްފައިވާނަމަ އެ މުއާމަލާތަކާގުޅޭގޮތުން ސަރުކާރުން އެއްވެސް ޒިންމާއެއް ނުނަގާނެކަމަށް އިސްވެދެންނެވުނު އިޢުލާނުގައި ދަންނަވާފައިވާނެއެވެ.
ވީމާ، މިގޮތަށް އަންގައިފައިވަނިކޮށް އެއްވެސް ފަރާތަކުން މިއިން ބިމަކާބެހޭގޮތުން އެއްވެސް މުޢާމަލާތެއްކޮށް އެފަރާތަކަށް ލިބިދާނެ މާލީ ގެއްލުމަކުން ނުވަތަ ދައްޗަކަށް މި މިނިސްޓްރީން ޒިންމާ ނުވާނެ ވާހަކަ ދަންނަވައި އަދި ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ދިވެހިދައުލަތުގެ ބިން ބޭނުންކުރުމަށް ސަމާލުވުމަށް ދެންނެވީމެވެ.
14 ޖުމާދަލްއޫލާ 1435
15 މާރިޗު 2014