ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)475/475/2019/200
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:10
ސުންގަޑި: 18 ޑިސެންބަރު 2019 10:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެންހޭންސިންގ އެމްޕުލަޔަބިލިޓީ ރެސިލިއެންސް އޮފް ޔޫތް ޕުރޮޖެކް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

          

                         

ޕުރޮޖެކްޓްނަން: ރާއްޖޭގަ ހިންގާ ޕޮލިޓެކްނިކް ތަކަށް ބޭނުންވާ ކޮމްޕިޔުޓަރ، ކޮމްޕިޔުޓަރ މޭޒު އަދި ކޮމްޕިޔުޓަރ ގޮނޑި ފޯރުކޮށްދީ، އަންގާ ތަނެއްގައި ތަކެތި ރާވައިދިނުން.

 

މިމިނިސްޓްރީގެ ޕުރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް އިން ރާއްޖޭގަ ހިންގާ ޕޮލިޓެކްނިކް ތަކަށް ބޭނުންވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ. މިމަމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތަށް އެޓޭޗްކުރެވިފައިވާ ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.  

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019  ޑިސެންބަރު 10 އިން 2019 ޑިސެންބަރު 17 އަށް އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަނިއެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2019  ޑިސެންބަރު 18 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ފެންބިލްޑިން، 2 ވަނަ ފަންގިފިލާ ހުންނަ މީޓިންރޫމްގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރި ވެވޭނީ މަތީގައިވާ ދެންނެވިފައިވާ މުއްދަތު ޕުރޮޖެކްޓްގައި ބައިވެރިވާން ނަންނޯޓް ކުރި ފަރާތް ތަކަށް އެކަނިއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާފަރާތް ތަކުން ބިޑް ސެކިއުރިޓީ އެއްގޮތުގައި 10,000.00 ( ދިހަހާސް ދިވެހި ރުފިޔާ) ބިޑް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ.

ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019  ޑިސެންބަރު 30 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 02 ވަނަ ފަންގިފިލާ، މީޓިންރޫމްގައި އެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  ޑިސެންބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

އިތުރުމަޢުލޫމާތު ހޯދެވުމަށް ތިރީގައި ނަންބަރ ގުޅުއްވުންއެދެމެވެ.

ފޯން: 3026975

އީމެއިލް ކުރައްވާނީ:

[email protected]

10 ޑިސެމްބަރ 2019

09 ޑިސެންބަރު 2019