މަސައްކަތް
ނަންބަރު: (IUL)342/INDIV/2019/130
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 22 ޑިސެންބަރު 2019 11:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ހުޅަގުފަރާތުގެ ބޭރު ތޮށި މަރާމާތުކުރުން:

އިޢުލާނު

ބަނދަރުގެ ހުޅަގުފަރާތުގެ ބޭރު ތޮށި މަރާމާތުކުރުން:

              މިރަށު ބަނދަރުގެ ހުޅަނގުފަރާތުގައި ބަސްތާބޭނުންކޮއްގެން ޖަހާފައިހުރި ތޮށިގަނޑުގެ ބޭރުން ސަޕޯޓުގެ ގޮތުގައި މިއިދާރާއިން ދޭ ނަމޫނާއާއި އެއްގޮތައް ތޮށި ބުޑުތަކެއް ޖަހަން ބޭނުންވެއްޖެއެވެ.

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

15 ޑިސެންބަރު 2019

އާދިއްތަ

މެންދުރު ކުރި 11:30

އަންދާސީ ހިސާބް ހުށަހެޅުން

22 ޑިސެންބަރު 2019

އާދިއްތަ

މެންދުރު ކުރި 11:30

 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑާއިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  12 ރަބީޢޫލްއާޚިރު 1441

                     09 ޑިސެންބަރު 2019

09 ޑިސެންބަރު 2019