ދިވެހިރާއްޖެ
އދ. އަތޮޅު މަދަރުސާ އދ. މާމިގިލި ދިވެހިރާއްޖެ |
|
A.Dh. Atoll School A.Dh. Maamigili Rep of Maldives |
ނަންބަރު:GS42/2019/44- އިޢުލާން
މިމަދަރުސާގައި ކުރަންހުރި ބައެއްމަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމާއިގުޅޭ
މިމަދަރުސާގައި ކުރަންހުރި ބައެއް މަރާމާތުތަކުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓްކުރެވޭނީ އެއްބޭފުޅެއްގެ ނަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެއްވެސް އިތުރު ބޭފުޅަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ހަމައެހެންމެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަންނޯޓް ކޮށްފައިވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭނަމަ ބަދަލުގައި އެހެންފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި ޑީ ކާޑުގެ ކޮޕީއަކާއިއެކު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. މިފަދަ މަސައްކަތްތައް ކުރައްވާ ކުންފުނިތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކަށް އިސްކަންދެވޭނެކަން މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީadmin@adhatollschool.edu.mvއަށެވެ.
12 ރަބީއުލްއާޚިރު 1441 09 ޑިސެމްބަރ 2019
|