ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2019/14
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 22 ޑިސެންބަރު 2019 12:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ލީގަލް އޮފިސަރ

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

 (IUL)147-AIT/1/2019/14 : ނަންބަރު

ތާރީޚް: 09 ޑިސެންބަރު 2019 

މަޤާމް:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

  މަހަކު -/9412 ރުފިޔާ

ސާރވިސް އެލަވަންސް:

  މަހަކު -/3000 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން:

   ޖުވެނައިލް ކޯޓު / މާލެ 

ސެކްޝަން:

ރަޖިސްޓްރާރ ސެކްޝަން  (D)

މަޤާމުގެ އަސާސީ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށް ދިނުމާއެކު؛ ޝަރީޢަތާ ޤާނޫނު ނުވަތަ ޤާނޫނު ނުވަތަ ޝަރީޢާގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ކުރަންޖެހޭ މަސައްކަތްތައް ފަރިތަކަމާއެކު ކުރަން ދަތުން.
  • އިނގިރޭސިބަހަށް ފަރިތަވުން.
  • ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭ، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

-18 އަހަރުންދަށުގެ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ކޯޓުން ނިންމާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން.

- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިންގެ މުއްދަތުގެ ރެކޯޑްތައް ބެލެހެއްޓުން

- ކޯޓުން ނިންމާ ހުރިހާ މައްސަލައެއްގެ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

- ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހިންގޭ ޕްރޮގްރާމުތައް   ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.

- ކަމާބެހޭ ފަރާތްތަކުން ކޯޓަށް ފޮނުވާ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް، ދިވެހިބަހުންނާއި އިނގިރޭސިބަހުން ކޮމެންޓް ކުރުން.

- ކޯޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި މުއައްސަސާތަކަށާއި އޯގަނައިޒޭޝަންތަކަށް ހުށަހަޅަންޖެހޭ ކޮންސެޕްޓް ޕޭޕަރތައް އިނގިރޭސިބަހާއި ދިވެހި ބަހުން ތައްޔާރުކުރުން.

- ރާޢްޖެއާއި ރާއްޖޭންބޭރުގެ އެކިއެކި އޯގަނައިޒޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ކޯޓުގެ މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން އިންތިޒާމުކުރާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި ވޯރކްޝޮޕް އަދި ސެމިނަރތަކުގައި، ކޯޓު ތަމްސީލު ކުރާ ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމުތަކަށް ހޮވޭފަރާތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 55
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ
  • ނައިޓް ކޯޓުގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ނަގައި ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެ ފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލަ ) ފޯމު ހުށަހެޅުން އެދެމެވެ.

ސުންގަޑި:

22 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 12:00

އިތުރު މަޢުލޫމާތު:

-   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރިޑެޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

-   ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ/އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

-   މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، މަޤާމުގެ އިންޓަވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ޕްރެޒެންޓޭޝަންގައި ހުންނަންޖެހޭ ބައިތަކާބެހޭ މަޢުލޫމާތު، އެޕްލިކޭޝަންފޯމާއެކު ކޯޓުން ދޫކުރާނެއެވެ.

-    ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.

 

                                  

 

 

 

 

 

 

09 ޑިސެންބަރު 2019