ކުއްޔަށް ދިނުން
ނަންބަރު: (IUL)285/285/2019/46
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 16 ޑިސެންބަރު 2019 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ އިރުމަތިފަރާތުގައި ހުރި ރެސްޓޯރަންޓް ކުއްޔަށް ދިނުމާގުޅޭ

 

                                         ނަންބަރު: IUL)285/285/2019/46)

އިޢުލާން

ހެނބަދޫ އިރުމަތިފަރާތުގައި ހުރި ރެސްޓޯރަންޓް ކުއްޔަށް ދިނުމާގުޅޭ

           މި އިދާރާގެ ޢިއުލާނު ނަންބަރ IUL)285/2019/42) އާއި ގުޅިގެން އެކަށީގެންވާވަރަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ މި އިއުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.   

           ހެނބަދޫ އިރުމަތި ފަރާތުގައި ހަދާފައިވާ ރެސްޓޯރަންޓް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެންބަރ 16 ވަނަ ދުވަހު 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެންބަރ 22 ވަނަ ދުވަހު 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ރަބީޢުލްއާޚިރު 1441

09 ޑިސެންބަރ 2019

 

                                 އާދަމް ސަމީރު

                                             ހެނބަދޫ ކައުންސިލްގެ ރައީސް

 

 

09 ޑިސެންބަރު 2019