ދިވެހިރާއްޖެ
އިޢުލާނު
މި ކޮމިޝަނުގެ ނަންބަރު: (A)CA-2014/115 (17 ފެބުރުވަރީ 2014) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
އދ. ދަނގެތި- 2 ނަންބަރު ވޯޓުފޮށި ބަހައްޓާތަނަށް ބަދަލު ގެނައުން
2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އދ. ދަނގެތީގައި ބަހައްޓާ އދ. ދަނގެތި-2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާތަނަށް ވަނީ ބަދަލު ގެނެވިފައެވެ. އެހެންކަމުން، މި ދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.
މިހާރު ވޯޓުފޮށި ބަހައްޓާ ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
އދ. ދަނގެތި ޒުވާނުންގެ މަރުކަޒު (އުތުރު ކޮޅުގައި) |
މި ފޮށްޓަށް ވޯޓުލާނީ ދަނގެތީގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
އދ. ދަނގެތި-2 |
I03.06.2 |
1 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
18 ޖުމާދަލްއޫލާ 1435