ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2019/18
އިޢުލާން
2020 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލްގެ ނަންބަރ GS-189/IUL/2019/16 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނަންނޯޓްކޮށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި (ފާޚާނާއާއެކު)، ސިންޓިންގރޫމް، ބަދިގެ އަދި ކާގެ ހިމެނޭގޮތަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
. ވީމާ، އެޕާރޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 8 ، 9 އަދި 10 ވަނަ ދުވަހު 11:00 އިން 13:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ.
އަދި މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 12 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް އަދި ބަދަލުގައި އެހެން ފަރާތެއް ހާޟިރުވާނަމަ ޙާޟިރުވާ ފަރާތުގެވެސް އައިޑީކާޑާއި ވެރިފަރާތުގެ ލިޔުމެއް ގެންނަންވާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހު 13:30 ގައެވެ.
އިތުރު މަޢުލޫމާތު 6800549 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected] އެވެ.
11 ރަބީއުލްއާޚިރު 1441 ހ
08 ޑިސެމްބަރ 2019 މ