ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)195-A-GA/1/2019/43
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 11 ޑިސެންބަރު 2019 00:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 09 ޑިސެންބަރު 2019 08:01 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ބޭނުންވާ ލެޕްޓޮޕް، ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮމިޝަނުން ކުރި ނަންބަރު (IUL)195-A-GA/1/2019/35 (26 ނޮވެމްބަރު 2019) އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ވަނީ ދެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އަދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓެޗްކުރެވިފައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 15 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކޮމިޝަނަށް (  މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                        11 ރަބީޢުލްއާރު 1441

                        08 ނޮވެމްބަރު 2019

08 ޑިސެންބަރު 2019