ދިވެހިރާއްޖެ
އިޢުލާން
މެނޭޖްމަންޓް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިކޯޕަރޭޝަންގެ މެނޭޖްމަންޓް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ކޯޕަރޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2019 ޑިސެމްބަރ 17 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން.
ތަން: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް (ޔޫތް އެކޮމަޑޭޝަން ބްލޮކް، ފުރަތަމަ ފަންގިފިލާ)
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވިފައިވާ ސުންގަޑީގެ ކުރިން ޕްރޮޕޯސަލް މި ކޯޕަރޭޝަންގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 3336725 އަށް ގުޅުއްވުން އެދެމެވެ.
8 ޑިސެމްބަރ 2019