ޢާންމު މަޢުލޫމާތު
ނަންބަރު: ނަމްބަރު: (IUL)374-C/374/2019/118
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 17 ޑިސެންބަރު 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން.

މި ކައުންސިލްގެ 4 (ހަތަރެއް) ނަމްބަރު ރުއްގަނޑު (ވާރު މަގުގެ ހުޅަނގު ފަރާތުން، ފަޔަސްޓޭޝަންގެ އުތުރު ކައިރިން ފެށިގެން އުތުރަށް، ހުޅަނގު ބަނދަރާއި ދެމެދު، ކުރީގެ އައިސްޕްލާންޓާއި އިންޖީނުގެއާއި ކުޑަކުދިންގެ ޕާކު ހިމެނޭ ސަރަޙައްދުގައި ހުރި (ކުޑަކުދިންގެ ޕާކުގައި ހުރި ރުއްތައް ނުހިމަނައި) ފޯދުނު 90 ރުކާއި ނުފޯދޭ 11 ރުއް) 5 (ފަހެއް)  އަހަރަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ.

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 800/- (އަށްސަތޭކަ) ރުފިޔާއެވެ. އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 4 (ހަތަރެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

11 ރަބީޢުލްއާޚިރު 1441

08 ޑިސެންބަރު  2019

08 ޑިސެންބަރު 2019