ދިވެހިރާއްޖެ
އިޢުލާން ނަންބަރ:GS101/IUL/2019/38
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ކުލާސްރޫމް ތަކުގެ ބޮޑުދޮރުތަކާއި ކުޑަދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
1 މި ސްކޫލްގެ ކުލާސްރޫމް ތަކުގެ ބޮޑުދޮރުތަކާއި ކުޑަދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 8 ން 2019 ޑިސެންބަރު 10 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 11:15 ގައި މި ސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ 11:15 ގައި މި ސްކޫލްގައެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނަރުދޫ ސްކޫލް
ށ. ނަރުދޫ
ފޯން: 6540577
އީ-މެއިލް: [email protected]
11 ރަބީޢުލްއާޚިރު 1441
08 ޑިސެންބަރު 2019
ޢަބްދުލް ޣަނީޢަބްދުލް ޣަފޫރު
ޕްރިންސިޕަލް