މަސައްކަތް
ނަންބަރު: (IUL)296-A/296/2019/43
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 24 ޑިސެންބަރު 2019 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭސް ފިހާރަ ޢިމާރާތް ކުރުން

ކައުންސިލް އިދާރާއިން ބައެއް ތަކެތި ދީގެން ،  ބޭސް ފިހާރަ ޢިމާރާތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)296-A/296/2019/34 އިޢުލާން ގުޅިގެން ހުށައެޅިފައިވާ އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވުމާއި އަދި ބައެއް މައްސަލަތައް ހުރުމުން އެއަންދާސީ ހިސާބުތައް ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

   

މަޢުލޫމާތު ސާފުކޮށް ދިނުން އޮންނާނީ

2019 ޑިސެމްބަރ 10ވާ އަންގާރަ ދުވަހުގެ 13.00ގައި ފޮއްދޫ ކައުންސިލް އިދާރާއަށް

 

އަންދާސީ ހިސާބު ހުށައަޅުއްވާނީ

2019 ޑިސެމްބަރ 24ވާ އަންގާރަ ދުވަހުގެ 13.00ގައި ފޮއްދޫ ކައުންސިލް އިދާރާއަށް

        

    މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

05 ޑިސެންބަރު 2019