ދިވެހިރާއްޖެ
ފުވައްމުލަކު ކަންމައްތެ އިމާރާތް (ގެއްމިސްކިތު މަގުން މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގަށް ނިކުންނަ ކަންމަތީގައި ހުރި، ކުރިން ގަރާޖެއް ހިންގި ޢިމާރާތް) ކުއްޔަށް ދިނުމާއި ގުޅިގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)468-U03/INDIV/2017/8 (22 ފެބުރުއަރީ 2017) އާއި (IUL)468-U03/INDIV/2018/20 (2 ސެޕްޓެމްބަރ 2018) އަދި (IUL)468-LID/468/2019/107 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829، 6862828، 6862830
އީމެއިލް: [email protected]