ދިވެހިރާއްޖެ
`
ކެޔޮދޫ ސްކޫލް |
|
ވ. ކެޔޮދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: GS70/IUL/2019/26
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކެޔޮދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
މި ސްކޫލްގެ ނަންބަރ GS70/IUL/2019/21 އިޢުލާނާއި ގުޅިގެން ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހެޅިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް (2020 ޖެނުއަރީ 1 ން ފެށިގެން 2020 ޑިސެމްބަރ 31) ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 14:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް (ޖުމްލަ 13 ގަޑިއިރު) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހު 10:00 ގައި |
ބީލަން ހުށަހަޅުން / ބީލަން ހުޅުވުން |
19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި. |
މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ ކަނޑައެޅިފައި އެވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700804 ނަންބަރު ފޯނާއެވެ .
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެޔޮދޫ ސްކޫލް
ވ. ކެޔޮދޫ، ދިވެހިރާއްޖެ.
ފޯން: 6700804 ، 7476523 ، 7468184
އީ-މެއިލް: [email protected]
08 ރަބީޢުލްއާޚިރު 1441
05 ޑިސެމްބަރ 2019