މުބާރާތް
ނަންބަރު: (IUL)160-AD&HR/1/2019/69
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 31 ޑިސެންބަރު 2019 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

      1441 ވަނަ އަހަރު ރަމަޟާންމަހު 1 ން 14 ށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. ޤުރްއާން އެއްކޮށް ހިތުދަސް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށްކިޔަވަންއެގޭ ފިރިހެނަކު ކަމުގައިވުން.
  2. 24 އެޕްރީލް 2020 އަށް 25 އަހަރު ފުރިފައިނުވުން.
  3. މި މުބާރާތުގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 ޑިސެމްބަރ 2019  ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2019