މަސައްކަތް
ނަންބަރު: (IUL)312-A S/312/2019/51
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 15 ޑިސެންބަރު 2019 10:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިޖްތިމާޢީ ސަރަހައްދު ކުނިކާހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

     މިރަށުގެ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން، 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

     މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 9 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުން ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

     މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކުން ހުށަހަޅުއްވާ އަގުތައް 15 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައިގަނެވެން ނޯންނާނޭކަން މިފުރުޞަތުގައި ދަންނަވަމެވެ. އަގު ހުށަހަޅާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެހާއި "އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދިނުމުގެ އަގު" މިހެން ލިޔެފައެވެ. ވެރިފަރާތުގެ ބަދަލުގައި ހާޟިރުވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ހާޟިރުވާ ފަރާތުގެ އައިޑެންޓިޓީކާޑް ގެންނަވަންވާނެ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6580073 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ޑިސެންބަރު 2019