މަސައްކަތް
ނަންބަރު: (IUL)438-ENV/438/2019/375
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 11 ޑިސެންބަރު 2019 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

މި މަސައްކަތަށް ކޮށްފައިވާ އިއުލާނަށް (IUL)438-ENV/438/2019/15)) (13ނޮވެމްބަރު 2019) އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ، އަލުން އިއުލާންކުރުމަށް ހުޅުވާލަމެވެ.

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020 ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓް ތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށާއި، ކަސްޓަމްސް ޕޯރޓް ސަރަހައްދުގައި ރެފްރިޖަރެންޓް ސިލިންޑަރތައް ކްލިއަރ ކުރުމުގައި ގެންގުޅޭނެ ސަލާމަތީ ގޮތްތަކުގެ މައުލޫމާތު ޝީޓެއް  އެކުލަވާލާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 11 ޑިސެމްބަރު   2019ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު އަދި ފައިނޭންޝިއަލް ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުޅުވާނީ  11 ޑިސެމްބަރު  2019ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

 

މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ފޯނު: 3018300 / 3018369

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

05 ޑިސެންބަރު 2019