ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2019/95
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:17
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަގަނޑު ހޮޅިތައް ކުއްޔަށް ދިނުމާބެހޭ

މިކައުންސިލް އިދާރާގެ ދަގަނޑު ހޮޅިތައް ބޭނުންވެގެން އެދެމުންދާތީ މިކައުންސިލްގެ 03 ވަނަ ދައުރުގެ 112 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ އުސޫލާ އެއްގޮތައް 28/10/2019 ވަނަ ދުވަހުން ފެށިގެން ދަގަނޑު ހޮޅިތައް ދޫކުރުމުގައި އަމަލު ކުރެވެމުން ދާނެއެވެ.

ދަގަނޑު ހޮޅިތައް ދުކުރުމުގެ އުސޫލް މި އިޢުލާނައެކު ޢާއްމު ކުރެވިފައި ވާނެއެވެ.

ވީމާ ދަގަނޑު ހޮޅިތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 5 ދުވަސްކުރިން މިއިދާރާއަށް ހުށައަޅަންވާނެއެވެ. (އެކަމަށް އެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ.)

28 އޮކްޓޫބަރު 2019