ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މި ޑިޕާޓްމަންޓްގެ ނަންބަރު 198F/2019/141 އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ދެފިފައިވާ ތާރީޚަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.
މިޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ ތިރީގައި ދެންނެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3340870 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
- ޑްރަގް ކޯޓް
- ފެމިލީ ކޯޓް / ވަރި ކައިވެނި ސެކްޝަން
- ސިވިލް ކޯޓް / ހުޅުމާލެ ޑިވިޝަން
- ޖުޑީޝަލް އެކެޑެމީ / ވިލިމާލެ
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ރަބީޢުލްއާޚިރު 1441