ޢާންމު މަޢުލޫމާތު
ނަންބަރު: GS158/2019/34
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި:
11 ޑިސެންބަރު 2019 11:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
އދ.ދަނގެތީ ސްކޫލް
(IUL)GS-158/22/2019/34 ދަނގެތި،ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރި އިއުލާން އަށް އެންމެ ފަރާތަކުން ހުށަހަޅާފައި ވާތީ އެ އިއުލާން ބާތިލް ކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ 04 ޑިސެމްބަރ 2019 އިން 08 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ބަންދުނޫން ކޮންމެ ދުވަހަކަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ2019ޑިސެންބަރ 08 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ.
- ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ 11:00ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ދަނގެތީ ސުކޫލް
އދ.ދަނގެތި، ދިވެހިރާއްޖެ
ފޯން: 6680803
އީ-މެއިލް: [email protected]
04 ޑިސެމްބަރ 2019
04 ޑިސެންބަރު 2019