ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
2020 ވަނައަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރެވުނު އިޢުލާން ނަންބަރ:GS-65-A/2019/47 އަށް މަޢުލޫމާތު ޝެޝަނަށް ޙާޟިރުވީ އެންމެ ފަރާތަކުން ކަމުގައިވާތީ،
އެއިޢުލާން ބާޠިލްކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.01 ޖަނަވަރީ 2020އިން 31 ޑިސެންބަރު 2020 އަށް މި ސްކޫލުގައި ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ
ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ .
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލް އޮފީސް |
15 ޑިސެންބަރު 2019 |
އާދިއްތަ |
9:30 |
އަންދާސީ ހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލް އޮފީސް |
19 ޑިސެންބަރު 2019 |
ބުރާސްފަތި |
9:30 |
މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ
ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ،
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
04 ޑިސެންބަރު 2019