ޢާންމު މަޢުލޫމާތު
ނަންބަރު: GS-35/2019/45
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 10 ޑިސެންބަރު 2019 11:00
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

ނ. އަތޮޅު މަދަރުސާ

 

     ނ.މަނަދޫ

   ދިވެހިރާއްޖެ.

                                          އިޢުލާން ނަންބަރ:2019/45/(IUL)GS-35

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސްކޫލްގެ ތިން އިމާރާތުގައި ކުލަ ދަވާދުލުމަށް ބޭނުންވެއްޖެ

          މިސްކޫލްގެ 3 ކުލާސްރޫމް ހިމެނޭ އިމާރާތާއި، 4 ކުލާސްރޫމް ހިމެނޭ ދެބުރި އިމާރާތާއި، 6 ކުލާސް ރޫމްހިމެނޭ ދެބުރިމާރާތުގެ ބޭރު ފާރުތަކާއި، ބޭރު ސީލިންގުތަކުގައި ކުލަލުމާއި،3 ކުލާސްރޫމް ހިމެނޭ އިމާރާތާއި،4 ކުލާސްރޫމް ހިމެނޭ އިމާރާތުގެ ދޮރާއި، ދޮރުފަތްތަކުގައި ދަވާދު ލުމާއި ދެބުރި އިމާރާތްތަކުގެ ޗެންޗޭނުގައި ދަވާދުލުމަށް ބޭނުންވެގެން އިޢުލާނު ކުރެވުނު ނަމްބަރ (IUL)GS-35/2019/42އަށް ބިޑު ހުށަހެޅުމަށް ހާޟިރުވެލެއްވީ އެންމެފަރާތަކުންކަމަށްވާތީ ކުރިންކުރެވުނު އިޢުލާނު ބާތިލްކޮށް އަލުން ބީލަންހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

       ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ޑިސެމްބަރ 04 ން 2019 ޑިސެމްބަރ 9 ށް ބަންދުނޫން ދުވަސްތަކުގެ 8:30 އިން 13:30 އަށް ސްކޫލް އޮފީހަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

       މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 09 ވަނަ ދުވަހުގެ 11:00 ގެ ކުރިން

ނ. އަތޮޅު މަދަރުސާއަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

       މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރ 10 ވަނަ ދުވަހުގެ 11.00 ގައި ނ.އަތޮޅު

މަދަރުސާގައެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 18 ވަނަ ދުވަހުގެ 11:00 ގައި ނ. އަތޮޅު މަދަރުސާގައެވެ.  

        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނ. އަތޮޅު މަދަރުސާ/ ނ.މަނަދޫ

ފޯން: 6560003

އީ-މެއިލް: [email protected]

 

07 ރަބީޢުލްއާޚިރު    1441

04 ޑިސެމްބަރ      2019

04 ޑިސެންބަރު 2019