ދިވެހިރާއްޖެ
މެއިން ހޯލް މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ
މިސްކޫލްގެ މެއިންހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
1 މިސްކޫލްގެ ސްޓޭޖް ހިމެނޭ ކުލާސްތަކުގައި އެލްމިނިއަމް ދޮރުލައި، ބިއްލޫރިޖަހައިގެން ބައްދަންޖެހޭ ތަންތަން ބައްދައި ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 8 ން 2019 ޑިސެންބަރު 10 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެންބަރު 12 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 16 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހަންޏާމީދޫ ސްކޫލް
އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
07 ރަބީޢުލްއާޙިރު 1441ހ