ކުއްޔަށް ހިފުން
ނަންބަރު: (IUL)263/263/2019/16
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި:
09 ޑިސެންބަރު 2019 10:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާއި ގުޅޭ- ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް
ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ ތެރެއިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވިފައިވާ ރަށަކަށް ހެދުމުގެ މަޤްސަދުގައި ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަމަލީގޮތުން ކައުންސިލުންވަނީ ފަށާފައެވެ. ވީމާ، ކަނޑަށް ބޭރުކުރަންޖެހޭ ބާވަތުގެ ކުނި ބޭރުކުރުމަށްޓަކައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަނޑުއުޅަނދެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މަހުކުލީގެ ގޮތުގައި މިމަސައްކަތް ކޮށްދޭނެ އަގެއް ހިމަނައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
04 ޑިސެންބަރު 2019