ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެފަރާތުން ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމް ކުލިއަރެންސް ހެދުމާއި، އެ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ޖަހާދިނުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ބްރޯކަރެއް ޢައްޔަން ކުރަން ބޭނުންވެއެވެ.
މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:
1- ހުށަހަޅާ އަގަށް: %60
2- ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %40
އަންދާޒީ ހިސާބު ހުށަހެޅުމާއި ގުޅޭ:
1- އަންދާޒީ ހިސާބު ހުށަހެޅުމާއި، އަންދާޒީ ހިސާބުތައް ކެނޑުން: 11 ޑިސެމްބަރ 2019 (11:00)
2- އަންދާޒީ ހިސާބު ހުށަހެޅި ފަރާތްތަކާއި، އަގުތައް ޙިއްސާކުރުން: 11 ޑިސެމްބަރ 2019 (11:00)
މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގައި މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމަށް ދެންނެވީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 4ޑިސެމްބަރ 2019ވާ ބުދަ ދުވަހުގެ 11:00އަށް އަންދާޒީ ހިސާބު ހިއްޕަވައިގެން މި އޮފީހަށް ޙާޟިރުވެ ވަޑައިގެން ދެއްވުން އެދި އަޢުވަތު އަރުވަމެވެ.