ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2019/85
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކިއެކި ބޭނުންތަކަށް ވެލި ނެގުމާއިގުޅޭ؛
މިހާރަކަށް އައިސް ބައެއް ފަރާތްތަކުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މިރަށާއި ގުޅިފައިވާ އެކި ސަރަޙައްދުތަކުން ވެއްޔާއި އަކިރި ނަގަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
މިރަށާއި އިންވެގެން ރަށުން ބޭރަށްވާގޮތަށް 500 (ފަސްސަތޭކަ) ފޫޓް ހިމެނޭ ސަރަޙައްދުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެކެވެ. އަދި މިސަރަޙައްދުން ޤާނޫނާއި ޤަވާއިދުތަކާއި އަދި މިކައުންސިލުގެ އެންގުމާއި ޚިލާފަށް ވެއްޔާއި އަކިރި ނަގަމުންދާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، ޤާނޫނާއި ޤަވާއިދާއި އަދި ހެދިފައިވާ އުޞޫލުތަކާއި ޚިލާފަށް މިރަށާއި ގުޅިފައިވާ ސަރަޙައްދުތަކުން ވެއްޔާއި އަކިރި ނުނެގުމަށް، އެންމެހާ ފަރާތްތަކަށް ނަޞޭހަތްތެރިވެ އަންގަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ޑިސެންބަރު 2019