ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)364-A/364/2019/62
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 20:07
ސުންގަޑި: 15 ޑިސެންބަރު 2019 14:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

 މަޤާމް

ފައިނޭންސް އޮފިސަރ

 މަޤާމުގެ ނަންބަރ

J-319778

 ބޭނުންވާ ޢަދަދު

01 (އެކެއް)

 މަޤާމުގެ ގިންތި

ދާއިމީ

 މަޤާމުގެ ރޭންކް

އެމް. އެސް 1

 މަޤާމުގެކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 ވަޒީފާއަދާކުރަންޖެހޭތަން

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

 ޔުނިޓް

ކޯޕަރޭޓް އެފެއާޒް

 މުސާރަ

5610.00 (ފަސްހާސް ހަސަތޭކަ ދިހަ) ރުފިޔާ

 ސާރވިސް އެލަވަންސް

2000.000 (ދެހާސް) ރުފިޔާ

 ސަޕޯރޓިންގް ކޯއެލަވަންސް 2

700.00 (ހަތްސަތޭކަ) ރުފިޔާ

އިތުރު ޢިނާޔަތްތައް

  • ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ ޚިދުމަތް
  • ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައެޅާފައިވާނަމަ އެ ޢިނާޔަތެއް)
  • މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރެއިން ޑިސިޕްލިންގެ ތަޢުލީމީ ރޮނގުގެ ސެޓްފިކެޓް ހުށަހަޅައިފިނަމަ ޓެކްނިކަލް ކޯ ގެ ގޮތުގައި މުސާރައިގެ %28

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ރަށު ކައުންސިލް އިދާރާއަށް ހޯދަންޖެހޭ ހަރުމުދާ ހޯދުމާއި، އެސެޓް ރަޖިސްޓްރީ ކުރުން.

2. ރަށު ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް، ތައްޔާރުކުރުމާއި، ބަޖެޓް ބާކީ ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލްތައް ގެނައުމާއި ހަދަންޖެހޭ ރިޕޯރޓްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. ރަށު ކައުންސިލް އިދާރާގެ އެކައުންޓްތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯރޓްތައް ހަދާފޮނުވުން.

4. ފައިސާ ޚަރަދު ކުރުމަށް ލިޔަންޖެހޭ ވައުޗަރތައް ލިޔެ، ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ޙަވާލުކުރުން.

5. މުވައްޒަފުންގެ މުސާރަ އާއިގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންނާއި ޙަވާލުކުރުން.

6. ބޭނުންކުރާ، ހުސްވާ ޗެކް ފޮތްތަކާއި، ރަސީދުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އިތުރަށް ހޯދަންޖެހޭ ޗެކް، ރަސީދު ފޮތްތައް ހޯދުން.

7. ކައުންސިލުގެ އިދާރާއަށް ފައިސާލިބޭ ކަންކަމުގެ ރަޖިސްޓްރީ ޤަޥަޢިދުން ބެލެހެއްޓުމާއި، ރަށު ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތަފްޞީލްތައް ރެކޯޑުތައް ބެލެހެއްޓުމާއި، ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާއެއް ލިބެންޖެހޭ ދުވަހަށް ނުލިބެއްޖެނަމަ އެފައިސާއެއް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

8. ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙައްޤުބަދަލްދޭންޖެހޭ ފަރާތްތަކަށް އެފައިސާ ރައްދުކުރުމަށް މުނިސިޕަލް ޔުނިޓުން ތައްޔާކުރާ ތަފްޞީލް ޝީޓްގައި ބަޔާންކުރާ ފައިސާ ޙަވާލުކުރުމުގެ އެންމެހައި މަސައްކަތްކުރުން.

9. ރަށު ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ޤަޥަޢިދުން ދުވަހުން ދުވަހަށް ދެއްކުން.

10. ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް ލިބޭ ފައިސާ ހަފްތާއަކު 1 ފަހަރު ބޭންކަށް ޖަމާކުރުން.

11. މަސައްކަތާއި ގުޅިގެން މުވައްޒަފަށް ޙަވާލުކުރެވިފައިވާ މެއިން ތިޖޫރީ ޤަޥަޢިދާ އެއްގޮތަށް ބެލެހެއްޓުމާއި، ރިޕޯރޓްތައް ހެދުމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 

 މަޤާމުގެ ޝަރުޠުތައް

1. މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ (އެކައުންޓިންގ ނުވަތަ ފައިނޭންސިންގ) ރޮނގުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބުސައިޓުން އަދި މި އިދާރާގެ ވެބުސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއާށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ މެއިލް އެޑްރެސް ހިމެނޭގޮތައް:

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ:.

4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޓް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ލިބިފައިވާނަމަ ކޮޕީ.

7. ސިވިލް ސރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކުށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 ތަޢުލީމީ ރޮނގުތައް: (މަޤާމުގެ މަސައްކަތާއިގުޅޭ)

1. މެނޭޖްމަންޓް އެކައުންޓިންގ.

2. ފައިނޭންޝިއަލް އެކައުންޓިންގ.

3. އެޑުވާންސް މެނޭޖްމަންޓް އެކައުންޓިންގ.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ސިފަތައް

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގެނެވޭނެއެވެ.

 އިންޓަވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ 18-17 އާއި ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގައެވެ.

 ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސޓް ކުރެވޭނެއެވެ.

 

މި ޢިއުލާނާއ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ ރަސްމީ ގަޑީގައޮ 6720601 ނަންބަރ ފޯނާއެވެ. އަދި އީ މެއިލް ކުރާނީ  [email protected] އަށެވެ.

 
03 ޑިސެންބަރު 2019