ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2019/440
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:32
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާރމަސީ އަދި މެޑިކަލް ލެބޯރޓަރީ ދާއިރާގެ ކޮމްޕީޓެންސީ އިމްތިހާނު

އިޢުލާން

 

ފާރމަސީ އަދި މެޑިކަލް ލެބޯރޓަރީ ދާއިރާގެ ކޮމްޕީޓެންސީ އިމްތިހާނު.

         މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ބޭނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ބިދޭސީ އެޕްލިކަންޓުންނަށް ބާއްވާ ފާމަސީ އަދި މެޑިކަލް ލެބޯރޓަރީ ދާއިރާގެ ކޮމްޕީޓެންސީ އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލް ތިރީގައިވާ ގޮތަށް 1 ޖެނުއަރީ 2020 އިން ފެށިގެން ބަދަލުގެނެވިފައިވާ ވާހަކަ އިއުލާންކުރީމެވެ.

 

  1. ކޮމްޕީޓެންސީ އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ބިދޭސީ އެޕްލިކަންޓުން ފެކަލްޓީ އޮފް ހެލްތް ސައިންސުން ކަނޑައަޅުއްވާފައިވާ އިމްތިހާނު އޮންނަ ދުވަސްތަކުގެ 2 ދުވަސްކުރިން ކެނޑިޑޭޓުންގެ ގޮތުގައި އެ ފެކަލްޓީގައި ރަޖިސްޓްރީވާންވާނެއެވެ.
  2. ފާރމަސީ އަދި މެޑިކަލް ލެބޯރޓަރީ ދާއިރާގެ ކޮމްޕީޓެންސީ އިމްތިހާނުގައި ބައިވެރިވާ ބިދޭސީ އެޕްލިކަންޓުން އެ އިމްތިހާނަކުން ފާސްވުމަށް ދެވޭނީ ގިނަވެގެން 3 މަސްދުވަހުގެ މުއްދަތެވެ. މި މުއްދަތުގެ ތެރޭގައި ފެކަލްޓީ އޮފް ހެލްތް ސައިންސްއިން ކަނޑައަޅުއްވާފައިވާ އިމްތިހާނު ތާވަލްގައި ހިމެނޭ އިމްތިހާނު ބާއްވާ ދުވަސްތަކުގެ ތެރެއިން އެޕްލިކަންޓު އިހްތިޔާރުކުރާ ދުވަސްތަކުގައި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިވަގުތު މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ޕްރީ ރަޖިސްޓްރޭޝަން ލިބިގެން ކޮމްޕިޓަންސީ އިމްތިޙާނުގައި ބައިވެރިވަމުންދާ ފަރާތްތަކަށްވެސް 01 ޖެނުއަރީ 2020 އިން ފެށިގެން ބައިވެރިވެވޭނީ މިއުސޫލުންނެވެ.
  3. މަތީގައި ދެންނެވިފައިވާ ފަދައިން އިމްތިހާނުގައި ބައިވެރިވެ ފާސްނުވާ ބިދޭސީ އެޕްލިކަންޓުން އަލުން ޕްރީ ރަޖިސްޓްރީވާން އެދޭނަމަ އެކަމަށް ހުށަހެޅޭނީ 2 އަހަރު ފަހުންނެވެ.
03 ޑިސެންބަރު 2019