ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)195-A-GA/1/2019/41
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 08 ޑިސެންބަރު 2019 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޖުޑީޝަލް ސަރވިސް ކޮމިޝަން އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮމިޝަނުން ކުރި ނަންބަރު  (IUL)195-A-GA/1/2019/31 (21 ނޮވެމްބަރު 2019) އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އަދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

މި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި  މަސައްކަތްތައް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓެޗްކުރެވިފައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                        06 ރަބީޢުލްއާރު 1441

                        03 ޑިސެމްބަރ 2019

03 ޑިސެންބަރު 2019