މުސާރަ:
|
-/3840 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
-/4000 ރ - -/7000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 08 ގެ ފުރިހަމަކޮށްފައި ވުން.
- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ގުދަނަން ވައްދާ މުދާ ރައްކާތެރިކަމާއެކު ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
- ނީލަން ކިއުމަށް ހަމަޖެހިފައިވާ މުދާ ކްލައިމްސް އޮފިސަރ ގެ އިރުޝާދުގެ މަތިން ގުދަނުގައި ޖައްސައި މުދާ އަދަދު ގުނުމާއި އެތަކެތި ތަރުތީބު ކުރުމުގެ މަސައްކަތް ކުރުން.
- ކްލިއަރެންސް ޑިޕާޓްމަންޓުން އެދިއްޖެ ހިނދެއްގައި މުދާ ދޫކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މުދާ ދޫކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ކްލެއިމްސް ހުށަހަޅާފައިވާ މުދާ ހޯދުމުގައި ކްލައިމްސް އޮފިސަރުންނަށް އެހީތެރިވެ ދިނުން.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު
|
މަސައްކަތް ކުރަންޖެހޭ ތަން :
|
ކާގޯ އެންޑް ކްލިއަރެންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށައަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ސުންގަޑި:
|
2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން
|
ފޯރމް ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
|