ކުއްޔަށް ދިނުން
ނަންބަރު: GS52/IUL/2019/50
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 17 ޑިސެންބަރު 2019 14:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުން

                                                       

އިޢުލާން

ލ.ރެސިޑެންޝަލް ލަރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާއި ގުޅޭ

 

އިންޓަރގްރޭޓެޑް ހިޔުމަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (IHDP) ގެ ދަށުން ލ.ގަމުގައި ޤާއިމްކުރެވިފައިވާ ރެސިޑެންޝަލް ލަރނިންގ ސެންޓރ (ދަނާލު) ގެ ޚިދުމަތަށް އެދޭފަރާތްތަކަށް އާރ.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެމަތިން (22-SA/MIS/2010/158 ރެސިޑެންޝަލް ލަރނިންގް ސެންޓަރ ހިންގުމުގެ އުސޫލު) ، އެޕާޓްމެންޓަށް އެދި ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

އާރު.އެލް.ސީ (ދަނާލު) ކުއްޔަށް ދެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ދަނާލު އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ށ. މިގޮތުން އެޕާޓްމެންޓް ކުއްޔަށް ދޫކުރެވޭނީ ގަމުގައި ގޯތިގެދޮރު ނެތް، ގަމުގެ ވަޒަންވެރިންކަމުގައި ނުވާ، ރަށުން ބޭރު ފަރާތްތަކަށެވެ.

 

އާރު އެލް ސީ (ދަނާލު) ބޭނުންކުރެވޭނެ ފަރާތްތައް:

ހ. އާރު.އެލް.ސީ ބޭނުންކުރެވޭނީ އާރު.އެލް.ސީ ހުންނަ ރަށުގައިހުރި ތައުލީމުދޭ ސުކޫލެއްގައި ރަޖިސްޓަރީވެގެން ކިޔެވުމަށް އެރަށަށް އައިސްތިބޭ އެހެން ރަށްރަށުގެ ދަރިވަރުންނަށާއި އެފަދަ ކުދިންނާއި ހަވާލުވެގެން ތިބޭ ބެލެނިވެރިންނަށެވެ.

 

ށ. އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ލިބިގަތުމަށް ނުވަތަ މަރުހަލާއެއް ފުރިހަމަކުރުމަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

 

އާރު.އެލް.ސީގެ އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

ހ.އާރު.އެލް.ސީގެ ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެ އެޕާޓްމެންޓެއްގައި ދަރިވަރުންއި ހަވާލުވެގެން ހުންނަ ބެލެނިވެރިއެއްގެ އިތުރުން ހަމަދު ސުކޫލަށް ކިޔަވަން އަންނަ މަދުވެގެން 03 ދަރިވަރުން (ސުކޫލް ދަރިވަރުން) އެ އެޕާޓްމެންޓްގައި ދިރިއުޅެން ހުށައަޅާފައިވާނަމައެވެ.

ށ. އާރު.އެލް.ސީގެ އެޕާޓްމެންޓް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ކުއްޔަކަށް، އެ އެޕާޓްމެންޓްގައި އުޅޭނެ ދަރިވަރުން ބެލެހެއްޓުމާއި ހަވާލުވެހުންނަ ބެލެނިވެރިއަކަށެވެ.

ނ. ކޮންމެ އެޕާޓްމެންޓެއްވެސް ދޫކުރެވޭނީ އެޕާޓްމެންޓް ކުއްޔަށް ހިފާ ފަރާތާއި އާރު.އެލް.ސީ ބަލަހައްޓާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ރ. ކޮންމެ އެޕާޓްމެންޓެއްވެސް ކުއްޔަށްދެވޭނީ މަދުވެގެން 03 މަސް ދުވަހުގެ މުއްދަތަށް އަދި ގިނަވެގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އަސާސީ ސަރުތުތައް ފުރިހަމަކުރައްވާ އަދި އާރު.އެލް.ސީ ގެ  ޤަވާޢިދުތަކާއި އުސޫލުތަލަށް ފުރިހަމައަށް ޢަމަލުކުރައްވާ އަދި އަސާސީ ސަރުތުތައް ފުރިހަމަކުރައްވާ ފަރާތްތަކަށް، އެޕާޓްމެންޓްގައި އުޅޭ ދަރިވަރުންގެ ކިޔެވުން ފުރިހަމަވަންދެން އަހަރުން އަހަރަށް މިއެއްބަސްވުން އާކުރެވޭނެއެވެ.

ބ. އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަވުމުން އެޕާޓްމެންޓް ދޫކޮށްލަންޖެހޭނެއެވެ.

ޅ. ހަމަޖެހިފައިވާ ކުއްޔާއި، ކަރަންޓަށް ހިނގާ ޚަރަދު އެޕާޓްމެންޓާއި ޒިންމާވާ ފަރާތުން ޤަވާޢިދުން ދައްކަންޖެހޭނެއެވެ.

ކ. އެޕާޓްމެންޓް ކުއްޔަށްހިފާފައިވާ ބެލެނިވެރިޔާއަށް، އެ އެޕާޓްމެންޓްގައި ކުއްޔަށް ދަރިވަރުން ބޭތިއްބިދާނެއެވެ. އެހެންނަމަވެސް އެގޮތުން ބައިތިއްބާ ދަރިވަރުން ވާންޖެހޭނީ ސުކޫލުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ކަމުގައެވެ. އަދި އެދަރިވަރުންގެ ކަންކަމާއި ޒިންމާ ވާންޖެހޭނީ އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވާ ބެލެނިވެރިޔާއެވެ.

އ. އެޕާޓްމެންޓް ދޫކުރުމުގައި އިސްކަންދެވޭނީ ދަރިވަރުންގެ ޢަދަދަށެވެ. އަދި އެޕާޓްމެންޓް ދޫކުރެވޭނީ ޕޮއިންޓް އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

      

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އާރު.އެލް.ސީ ދަނާލުގެ އެޕާޓްމެންޓް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހަމަދު ސުކޫލަށް ހުށައަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އެޕާޓްމެންޓަށް އެދޭ ފޯމް ހަމަދު ސުކޫލުން ލިބެން ހުންނާނެއެވެ. ފޯމް ހުށައަޅާނީ ރަސްމީ ގަޑީގައި ހަމަދު ސުކޫލްގެ އޮފީހަށެވެ.

 

 

 

02 ޑިސެންބަރު 2019